ވޯޓުން ނިންމަންޖެހޭ ކަމެއް ކޯޓުން ނިންމަން ރައްޔިތުން ފުރުޞަތެއް ނުދޭނެ: ޝިފާޒް

ވޯޓުން ނިންމަންޖެހޭ ކަމެއް ކޯޓުން ނިންމަން ކޮންމެ ފަހަރަކު ރައްޔިތުން ފުރުޞަތު ނުދޭނެ ކަމަށާއި ކޮންމެ ގޮތަކަށް ކަންކަން ނިންމުވާތަން ބަލަންވެސް ރައްޔިތުން ނުތިބޭނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް މިރޭ ވިދާޅުވީ ރައްޔިތުން ވޯޓުން ނިންމާ ނިންމުމެއް ކޮންމެ ފަހަރަކު ކޯޓުން ނިންމަން ޖެހޭނެކަން އެއީ ރައީސް ޔާމީނަށް ޤަބޫލުފުޅު ކުރެއްވިފައި އޮނަނަ ގޮތް ކަމަށާއި ރައްޔިތުންގެ ތާއީދު ނެތް ޚުދުމުޚުތާރު ކޮންމެ ވެރިއަކުވެސް އެކަން ޤަބޫލުކުރާނީ އެގޮތަށް ކަމަށެވެ. އަދި އަމަލުވެސް ކުރާނީ ހަމަ އެގޮތަށް ކަމަށެވެ.
ޝިފާޒް ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ވެސް ރައްޔިތުންނާއި ހަމައިން ކަމަށާއި އެބާރު ދަމަހައްޓަނީވެސް ރައްޔިތުން ކަމަށެވެ. އަދި އެކަން ކުރަނީ ރައްޔިތުން ލާ ވޯޓުން ކަމަށެވެ. "އެއީ ވޯޓުގެ ނަތީޖާއިން ކުރާ ކަމެއް. ކޯޓުގެ ނަތީޖާއިން ކުރާ ކަމެއް ނޫން. ރައްޔިތުންގެ ނިންމުން ނިންމާ ތަނަކީ ކޯޓެއް ނޫން. އެކަން ނިންމާނީ އަތައް ލިބޭ ވޯޓު ކަރުދާސްކޮޅުން."
ޝިފާޒް ވިދާޅުވީ ބަލި ޤަބޫލު ނުކުރައްވައި އެކަމަކު ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރައްވައިގެން ރައީސް ޔާމީން ހަމަ ހުންނަވަންވީ ކަމަށާއި އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ރައްޔިތުންވެސް ގެނަދާނީ ރައްޔިތުންގެ ނިންމުންތައް ނިންމަމުން ކަމަށެވެ.
ޝިފާޒް ވިދާޅުވީ ކޯލިޝަނުން ދިއައީ ވޯޓުގައި މަކަރު ހަދައިފާނެ ކަމަށް ބެލެވޭ ކަންކަމަށް ވަރަށް ކުރިންސުރެ ރައްޔިތުން ހޭލުންތެރި ކުރުވަމުން ކަމަށާއި ހަދަން މަސައްކަތްކުރި މަކަރުތައް ނުހެދުނީ ރައްޔިތުން ހޭލުންތެރިވެ ތިބުމުން ކަމަށެވެ.
ޝިފާޒް ވިދާޅުވީ ރައްޔިތުން އަދި މިހައިތަނަށް ތިބީ ވަރަށް ކިޔަމަންތެރިކަމާއިއެކުގައި ކަމަށާއި ނަމަވެސް ނުކުންނަން ޖެހިއްޖެ ނަމަ ނުކުމެ ޙައްޤު ހޯދާނެ ކަމަށެވެ. ރައްޔިތުން ނުވެސް ހުއްޓުވޭނެ ކަމަށެވެ.
ޝިފާޒްގެ ވާހަކަފުޅު:
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ