ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމައަށް ތާވަލުކޮށްފިއެވެ.
އެގޮތުންމި ދެ މައްސަލަ ތާވަލުކޮށްފައިވާއިރު އެމްޕީ އިލްހާމްގެ މައްސަލަ ތާވަލުކޮށްފައިވަނީ ހެނދުނު 10:00 އަށެވެ. އެމްޕީ ސައުދުﷲ ހިލްމީގެ މައްސަލަ ތާވަލުކޮށްފައިވަނީ މެންދުރު ފަހު 01:00 އަށެވެ.
މި ދެ މެމްބަރުންގެ ގޮނޑީގެ މައްސަލަ ތާވަލުކޮށްފައިވާއިރު ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އަދި އިތުރު ދެ އެމްޕީއެއްގެ ގޮނޑީގެ މައްސަލައިގެ އަޑު އެހުންތައް ވަނީ ނިންމާލާފައެވެ.
އިލްހާމް އާއި ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ