ފަނޑިޔާރުން ސާބިތުކޮށްދެއްވީ އަދުލު އިންސާފު ދިރިއޮތްކަން: ގާސިމް

ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލް ކުރެވެން ނެތްކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދެއްވީ އަދުލުއިންސާފު ދިރިދެމި އޮތްކަންކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއި ގުޅިގެން ގާސިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ފަނޑިޔާރުން ސާބިތުކޮށްދެއްވީ އަދުލު އިންސާފު ދިރިއޮތްކަން ކަމަށާއި އަނިޔާވެރިކަން އެއީ ހައްގު ނޫންކަމަށާއި މަކަރާއި ހީލަތްއެއީ އިންސާފު ނޫންކަމަށާއި ނަސްރު ލިބެނީ ހައްގު މަގުގައި ތިބެގެން ކަމުގައެވެ.
ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ރައީސް ޔާމީނާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ