ހަތިޔާރުގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ސްރީލަންކާ މީހާގެ މަޢުލޫމާތުތައް ޔަޤީންކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރޮއިޓާރސްއަށް ދެއްވި ބަސްދީގަތުމެއްގައި، އުމަރު ވަނީ ސްރީލަންކާގެ މީހާގެ މައްސަލަ ހިއްސާ ކުރައްވައިފައެވެ. ދިވެހި ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ސްރީލަންކާގެ 27 އަހަރުގެ މި މީހާ ހައްޔަރު ކުރީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންނެވި ދުވަސް ކަމުގައިވާ، އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ފުލުހުން ބުނެފައިވަނީ، މި މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ތަޙުޤީޤަށް އެނގިފައިވާކަމަށެވެ.
އުމަރު ވިދާޅުވީ މި މީހާގެ މަޢުލޫމާތުތައް ޔަޤީން ކުރަމުންދާ އިރު، އޭނާ ބޭނުންކުރަން ހަމަޖެހިފައި އޮތް ހަތިޔާރު ފެނިފައި ނުވާ ކަމަށެވެ. އަދި މި މީހާ ހަމަލާ ދޭން ހަމަޖެހިފައިވާ އަމާޒަކީ ރައީސް ޔާމީނުކަން އޭނާއަށް އެނގިފައިވާކަން ތަހްޤީޤަށް އެނގިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
"ސްނިފަރ ރައިފަލްއެއް ފެނިފައި ނުވި ނަމަވެސް، ފުލުހުންނަށް ވަނީ މިފަދަ ބަޑީގައި ބޭނުންކުރާ ޓެލެސްކޯޕަކާއި ވަޒަނެއް ފެނިފައި. ހަމަލާ ދޭން އޮތް އަމާޒަކީ ރައީސުލްޖުމްހޫރިއްޔާކަން މި މީހާއަށް އެނގިފައިވާކަން ތަހްޤީޤަށް އެނގޭ.
މިނިސްޓަރ އުމަރު ވަނީ، މިދިޔަ 40 ދުވަސް ތެރޭގައި ރައީސް ޔާމީނު އަވަހާރަ ކޮށްލުމަށް ތަފާތު ތިން ހަމަލާއެއް ދިނުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ތިން ހަމަލާއަކީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުގެ ހާދިސާއާއި؛ ސްރީލަންކާގެ މީހާ ހައްޔަރުކޮށްފައިވާ، ބަޑި ޖަހައިގެން ރައީސް އަވަހާރަ ކޮށްލުމަށް މަސައްކަތް ކުރި ކަމަށް ބެލެވޭ ހަމަލާއާއި؛ މުލީއާގެ ކައިރިން ނޮވެމްބަރު ދެވަނަ ދުވަހުގެ ރޭ ފެނުނު އައިއީޑީ ގޮއްވާލައިގެން ދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ ހަމަލާއެވެ.
އުމަރު ވިދާޅުވީ، މި ތިން ހަމަލާ ވަނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައި ކަމަށާއި، އިތުރު ހަމަލާތަކެއް ވެސް ރޭވިފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހައްޔަރުކުރެވުނު ލަންކާ މީހާގެ މަޢުލޫމާތުތައް މިދަނީ ވެރިފައި ކުރަމުން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ