ކަރަންޓް ޝޯޓެއްވެ ހެންވޭރު ގެއެއްގެ އަލިފާން ރޯވެއްޖެ

ހެންވޭރު ހިކަނދިގަސްދޮށުގޭ ކޮޓަރިއެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
އޮފިސަރު ވިދާޅުވީ އެހާދިސާ ހިނގަން މެދުވެރިވީ އެކޮޓަރީގައި ކަރަންޓް ޝޯޓެއް ހިނގައިގެން ކަމަށް ބެލެވޭ ކަމަށާއި އަލިފާންގަނޑު ސަބަބުން އެރި ދުމުގެ އަސަރުކޮށްގެން ހަތަރު މީހަކަށް އެޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެތެރޭގައި ދެ އަންހެނަކާއި ކުޑަކުއްޖަކު ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ އޮފިސަރަކު މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 22:50 އެހާކަންހާއިރު އެގޭ ކޮޓަރިއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު އެ ގެއަށް ގޮސް މާގިނައިރަށްނުވެ އަލިފާންގަނޑު ނިއްވާލި ކަމަށެވެ.
މިހާދިސާގެ ސަބަބުން ކޮޓަރީގެ ބައެއް ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އެމްއެންޑީއެފުން ގެންދަނީ އެހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ