މުލި-ނާލާފުށި ކޯޒްވޭ ހަދަން އަދި މުލަކު ބަނދަރު ބޮޑުކުރަން އެމްޓީސީސީއަށް

މ. މުލި-ނާލާފުށީ ކޯޒްވޭ ހަދާށާއި އެއަތޮޅު މުލަކު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، މުލި-ނާލާފުށީ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ ދަށުން ނާލާފުށްޓާއި މުލީ ގުޅާލާނީ 565 މީޓަރުގެ ކޯޒްވޭއަކުން ކަމަށެވެ. ކޯޒްވޭގެ މަސައްކަތް ތިން ސެގްމަންޓަކަށް ބަހާލައިގެންކުރިއަށްދާއިރު ފުރަތަމަ ސެގްމަންޓްގައި އަޅާނީ 105 މީޓަރުގެ ބްރިޖެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ދެވަނަ ސެގްމަންޓްގައި ތާރު އަޅައިގެން ކޯޒްވޭގެ މަގުތައް ހެދުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ސެގްމަންޓްގައި ކޯޒްވޭ އަޅާ ސަރަަހައްދުގައި 112 މީޓަރުގެ ސަރައްހައްދެއްގައި ރިވެޓްމަންޓްޖަހައި 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެތެރޭގައި ނިންމާގޮތަށް 125.58 މިލިއަން ރުފިޔާއަށެވެ.
މުލަކު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 44,500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، މިހާރު އޮތް 23,100 ބަނދަރު ފުން ކުރުމުގެ އިތުރުން، 2,520 ކިއުބިކް މީޓަރު ނެރު ފުން ކުރުމާއި 253 މީޓަރު ސޭންޑްފިލް ބްރޭކްވޯޓާ ޖެހުމާއި، 210 މީޓަރު ސޭންޑްފިލް ކީވޯލް ޖެހުމާއި ބޮޑުހިލައިން 25 މީޓަރުގެ ނެރު ފައިކަށިޖެހުން އަދި 13 މީޓަރު ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 53 މީޓާ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 284 މީޓަރު އެއްގަމު ތޮށިލުމާއި، 284 މީޓަރު ސްކޯރިން އެޕްރޮން ޖެހުމާއި، 57 މޫރިން ރިންގް ހަރުކޮށް 8 މޫރިން ބޮއި ހަރުކުރުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުން އަދި ޕޭވްމަންޓް ހެދުން މިމަޝްރޫއުގެ ދަށުން ހިމެނެއެވެ.
މިމަޝްރޫއުގެ އެމްޓިސީސީއާ ހަވާލުކުރީ 485 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށް 62.63 މިލިއަން ރުފިޔާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ