ކަރަންޓް ކަނޑާލީއެއް ނޫން، ވަރަށް އަވަހަށް މައްސަލަ ހައްލު ކުރެވޭނެ

އެ ކުންފުނިން ދެންމެ ބުނީ ކަރަންޓް ކެނޑުނީ މުޅި ސަރަހައްދުން ކަމަށެވެ. ކަރަންޓް. ދިޔައީ ސްވިޗް ގިއާއެއްގައި ފެއިލް ވެގެނެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބޭރު ކޮށްލުމުން އުފެދުނު ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓްގެ މިއަދު އޮތް އަޑުއެހުމަށް ވަގުތު ކުޑަތަންވަމުންދާއިރު ސުޕްރީމް ކޯޓްގައި ކަރަންޓް ނެތް މައްސަލާގައި އުފައްދާ ތުހުމަތުތައް ކަރަންޓް ކުންފުނި -- ސްޓްލެކޯ އިން ދޮގުކޮށްފި އެވެ.
ސުޕްރީމް ކޯޓްގައި މިވަގުތު ކަރަންޓެއް ނެތެވެ. އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުން ރާއްވައިގެން ސުޕްރީމް ކޯޓުން ކަރަންޓް ކަނޑާލީ އެވެ.ނަމަވެސް ކަރަންޓް ކުންފުނި ސްޓްލެކް އިން އެކަން ދޮގު ކުރެއެވެ. އެ ކުންފުނިން ދެންމެ ބުނީ ކަރަންޓް ކެނޑުނީ މުޅި ސަރަހައްދުން ކަމަށެވެ. ކަރަންޓް. ދިޔައީ ސްވިޗް ގިއާއެއްގައި ފެއިލް ވެގެނެވެ. އަދި މައްސަލަ ހައްލުކޮށް ވަރަށް އަވަހަށް ކަރަންޓް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ."ގާތްގަނޑަކަށް ހަވަރަކަށް މިނެޓްގެ ތެރޭގައި މައްސަލަ ހައްލު ކުރެވޭނެ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.ސުޕްރީމް ކޯޓްގެ އަޑުއެހުމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން އަދި ދައުލަތުގެ ވަކީލުންނާއި އިލެކްޝަންސް ކޮމިޝަންގެ ވަކީލުން މިހާރު ވަނީ ކޯޓަށް ވަޑައިގެންފައެވެ.މިއަދުގެ އަޑުއެހުމަށް ވަނުމަށް ޕީޕީއެމް / ޕީއެންސީގެ އިސް ބޭފުޅުންނާއި ރައީސް ޔާމީންގެ އާއިލީ ބޭފުޅުން ސުޕްރީމް ކޯޓް ކައިރީގައި ކިއު ހަދައިގެން އެބަ ތިއްބެވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ