އއ. އަތޮޅުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ވިންޑްސްކްރީން ތަޅައިގެން ގޮސް، ލޯންޗަށް ދިޔަވަމުން ދަނިކޮށް ފުލުހުން އެ ލޯންޗަށް އެހީވެއްޖެއެވެ.
މެރިން ޕޮލިހުން ބުނިިގޮތުގައި މިއަދު ހެނދުނު 8:08 ހާއިރު އއ. އަތޮޅުން މާލެއަށް ދަތުރުކުރި "ސެނޯރާ ވޭކް" ނަމަކަށް ކިޔާ ލޯންޗެއްގެ ވިންޑްސްކްރީން ތަޅައިގެން ދިއުމާ ގުޅިގެން ލޯންޗަށް ރާޅު އަރާތީ އެ ލޯންޗްގައި ތިބި މީހުން ސަލާމަތްކޮށްފައިވާކަމަށެވެ.
މި ހާދިސާ ހިނގިއިރު އެ ލޯންޗްގައި 12 މީހުން ތިބިކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ކ. ގިރާވަރު ކައިރިން ކަމަށް މެރިން ޕޮލިހުން ބުންޏެވެ.
މެރިން ޕޮލިހުން ބުނީ އެ 12 ފަސިންޖަރުން ވަނީ ރައްކާތެރިކަމާއެކު މާލެއަށް ގެނެސްދީފައެވެ.
މޫސުން ގޯސްވެފައިވާ މި ދުވަސްވަރު، ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރަމުންދެއެވެ. މިގޮތުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަން އަންނަނީ ހަނދާންކޮށްދެމުންނެވެ.
މޯލްޑިވްސް މެޓެރޮލޮޖިކަލް ސަރވިސްއިން ނެރެފައިވާ މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުގައި، މި ދުވަސްވަރަކީ މޫސުން ގޯސްވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާއިރު އިތުރު ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ވިންޑްސްކްރީން ތަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗަކަށް ފުލުހުން އެހީވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ