ގޭންގްތަކާ ދެކޮޅަށް 576 ތަނެއް ބަލައި، 6 އުޅަނދު ޓޯކޮށްފި
ގޭންގްތަކާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހަފުތާ ބަންދުގެ ތެރޭގައި 576 ތަނެއް ބަލައި ފާސްކޮށް، ހަ އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ގޭންގްތަކާ ދެކޮޅަށް ހަރުކަށި އާ ގާނޫނެއް ހަދައި، ފުލުހުންނަށް ގިނަ ބާރުތަކެއް ވަނީ ދީފައެވެ. މިދިޔަ ހަފުތާ ބަންދުގައި ފުލުހުން ހިންގި ބައެއް އޮޕަރޭޝަންތަކުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފައިވާއިރު، ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ނުވަތަ ގޭންގް ކުށްތައް ހުއްޓުވަން ޚާއްސަ ޑިޕާޓްމަންޓުން ވަނީ 48 ގަޑިއިރުގެ ތެރޭގައި 576 ތަނެއް ބަލައި ފާސްކޮށްފައެވެ. https://x.com/PoliceMv/status/1992532172495106329 އަދި، 108 އިންޓެރެކްޝަން ހަދައި، 30 އުޅަނދެއް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ. އޭގެ ތެރެއިން ހަ އުޅަނދެއް ވަނީ ޓޯކޮށްފައެވެ. އެކަމަކު، އެ އުޅަނދުތައް ޓޯކުރީ ކީއްވެ ކަމެއް ފުލުހުން ނުބުނެއެވެ. އެ އޮޕަރޭޝަންގެ ތެރެއިން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް 912 މިނެޓު ފުޓްޕެޓްރޯލްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ، ގާތްގަނޑަކަށް 15 ގަޑިއިރެވެ. އެކަމަކު، މި މަސައްކަތުގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ. https://sun.mv/214067 ގޭންގްތައް ހުއްޓުވަން ފުލުހުން 576 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މި މަހު 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 'ގޭންގް'ތަކުގެ ގިންތިއަށް ފެތޭ އެއްވެސް ގޭންގެއް މިހާރު ނެތްކަން އިއުލާނުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ކުރިން އެކަން ކުރި މީހުން މިހާރު އެކަން ހުއްޓާލައި، 'ނޯމަލް ލައިފް'އަކަށް ގޮސްފައިވާ ކަމަށެވެ. "ހޯމް މިނިސްޓަރު ވަރަށް އުފާވެފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން، ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ އަދި ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު،" އެ މަނިކުފާނު އެ ދުވަހު އިއުލާނުކުރެއްވިއެވެ. "ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި، ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ