ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތަށް މިއަދު ހާޒިރުނުވެ, ހއ. ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތުމުން އެމަނިކުފާނާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
ޔާމީން މިއަދު ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތީ ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނަށް ދައުވާކުރާ މައްސަލާގެ އަޑުއެހުމެއް މިއަދު ތާވަލްކޮށްފައި އޮތެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ އަޑުއެހުމަށް ޔާމީން ހާޒިރުވެވަޑައިނުގަންނަވާތީ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އަޑުއެހުން ތާވަލްކޮށްފައި ވަނިކޮށް ކޯޓުގެ ހުއްދަ ނެތި ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ކޯޓުން ބުންޏެވެ.
"ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެވެ." ކޯޓުން މީޑިއާއަތަކާ ފޮނުވި މެސެޖްގައިވެ އެވެ.
ޔާމީން ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ކޯޓުން ދިންއިރު, ވ. އާރަށް މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް, އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ޔާމީން ކޯޓަށް ހާޒިރުނުވެ, ދިއްދޫއަށް ފުރައިވަޑައިގަތުމުން ކޯޓުގެ އިންޒާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ