ކެލާ ކައިރިން ލަންކާގެ ދެ މަސް ބޯޓު އަތުލައިގަނެފި
ބޭރުގެ އިންޓެލިޖެންސް މައުލޫމާތަކަށް ދިވެހި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހއ. ކެލާ ކައިރިން ސްރީ ލަންކާގެ ދެ މަސްބޯޓު އިއްޔެ އަތުލައިގެންފި އެވެ.އެމްއެންޑީއެފުން ބުނި ގޮތުގައި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ އެ ދެ މަސްބޯޓު ހިފެހެއްޓީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން، އެއްކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ އިން ހިންގި ސާވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ.ލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހެނދުނު 08:30 ހާއިރު، ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަނިކޮށެވެ.މި ދެ ބޯޓު މިހާރު ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ކުރީކޮޅު ސިފައިން އަތުލައިގަތެވެ. އެ ބޯޓުގައި 350 ކިލޯގެ މަސްތުވާތަކެތި ހުއްޓެވެ. އެ މައްސަލާގައި، އެ ބޯޓުގައި ތިބި ލަންކާގެ ފަސް މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ