އާ ޖަނަރޭޓަރުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަރަންޓު ފޯރުކޮށްދެވޭނެ: ފެނަކަ އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމު ހަމަޖެހުން މުހިއްމު: ސާޖިދާ ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ 14 މީހަކަށް ފްލެޓްގެ ޑައުމްޕޭމަންޓް ދައްކައިދެނީ މި

“ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” ގާނޫނީ ގޮތުން މިއަދު ތަންފީޒު ކުރަން ފަށައިފިއެވެ.
ގާނޫނު ނަންބަރ 15/2010 “ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ގާނޫނު” އަށް ގެނެވުނު 2 ވަނަ އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވުމާއިއެކު، ދިވެހިރާއްޖެ ވެފައިމިވަނީ، ދުނިޔޭގައި ޖެނެރޭޝަނަލް ބޭންގެ ސިޔާސަތު (މުޅި ގައުމުގެ މައްޗަށް) ތަންފީޒުކުރާ ފުރަތަމަ ގައުމު ކަމުގައެވެ.
މި އިސްލާހު ބަޔާންކުރާގޮތުން، 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ފަރާތަކީ ޤާނޫނު ހުއްދަކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ރަސްމީ ލިއުމެއް ބަލާ ޗެކްކޮށް، އުމުރު ކަށަވަރުކުރުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރެއެވެ. ހަމައެއާއެކު ޖެނެރޭޝަނަލް ބޭން އިން މަނާވާ ބާވަތްތަކުގެ ތެރޭގައި، އެއްވެސް އިސްތިސްނާއެއްނެތި، ދުންފަތުގެ ހުރިހާބާވަތެއް ހިމެނެއެވެ. މީގެ އިތުރުން، ވަކި އުމުރަކަށް އަދި ވަކި ބާވަތަކަށް ތަފާތު ނުވާނެހެން، އީ-ސިގިރޭޓާއި ވޭޕް ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުމާއި ރާއްޖޭގައި ބޭނުންކުރުމާއި ގެންގުޅުންވެސް ވަނީ ޤާނޫނީގޮތުން މަނާކުރެވިފައެވެ.
“ޖެނެރޭޝަނަލަ ބޭން އޮން ޓޮބޭކޯ” ސިޔާސަތަކީ ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލް އަޤްވާމީ މުއާހަދާ، “ފްރޭމްވޯރކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފް.ސީ.ޓީ.ސީ)” ގެ ދަށުން ޤައުމުތަކުން އެޅުމަށް ލަފާދީފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ