މި ސަރަހައްދުން ދިރިއުޅުމުގެ ހަރަދުތައް އެންމެބޮޑީ ރާއްޖޭގައި: ފިންޓެކް

ދެކުނު އޭޝިއާ ސަރަހައްދުން ދިރިއުޅުމުގެ ހަރަދުތައް އެންމެ ބޮޑީ ދިވެހިރާއްޖޭގައި ކަމަށް ފިންޓެކްގެ ރިޕޯޓެއްގައި ބުނެފިއެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ ފިންޓެކުން އާއްމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ކަންކަމުގައި އެންމެބޮޑު ހޭދައެއްކުރަން ޖެހޭ ޤައުމަކީ ރާއްޖެ ކަމަށެވެ. ފިންޓެކުން ހިސާބު ޖަހާފައިވާގޮތުން ރާއްޖޭގައި ދިރިއުޅުމަށް މަހަކަށް 840.4 ޑޮލަރު ހޭދަކުރަން ޖެހެއެވެ. ދިވެހި ފައިސާއިން ބަލާނަމަ އެއީ، 12،952 ރުފިޔާއެވެ. 
މި ލިސްޓްގައި ދެވަނާގައި ވަނީ މާލީ މާއްސަލަތަކެއްގެ ތެރޭގައި އޮތް އަވައްޓެރި ސްރީލަންކާއެވެ. އެޤައުމުގައި ދިރިއުޅުމުގެ ހަރަދުތަކަށް މަހަކަށް 507.2 ޑޮލަރު ހޭދަވާކަމަށް ބަޔާންކޮށްފައިވާއިރު، ތިންވަނައަށް ދިރިއުޅުމުގެ ހަރަދުތައް އެންމެބޮޑު ޤައުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބޫޓާނެވެ. 
ފިންޓެކްގެ ލިސްޓް
މި ލިސްޓަށް ބަލާއިރު ދެކުނު އޭޝިއާގައި ދިރިއުޅުމުގެ ހަރަދުތައް އެންމެ ކުޑަ ޤައުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އަވައްޓެރި އިންޑިއާއެވެ. އެއަށްފަހު ނޭޕާލް އަދި ޕާކިސްތާނެވެ. 
ފިންޓެކުން މި ލިސްޓް އެކުލަވާލާފައިވަނީ ދިރިއުޅޭތަނުގެ ހަރަދު ނުހިމަނާ، ފަރުދަކަށް ހޭދަވާ ފައިސާގެ ނިސްބަތަށް ބަލައިގެންކަމަށް ވަނީ ބުނެފައެވެ. އަދި މި މައުލޫމާތު ހިމަނާފައިވަނީ ރަސްމީ ހިސާބުތަކަށް ބަލައިގެންކަމަށްވެސް ވަނީ ބުނެފައެވެ.
ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ ވަރަށްބޮޑަށް އިމްޕޯޓަށް ބަރޯސާ ވަމުން އަންނަ ޤައުމެކެވެ. ދިވެހިން ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ކަނޑުމަހުގެ ބާވަތްތައް ފިޔަވައި ދެން ހުރިހާ ތަކެއްޗަކީވެސް ބޭރު ޤައުމުތަކުން އެތެރެކުރާ ތަކެތިކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ