ކައުންސިލްތަކުން މިސްކިތްތަކުގެ ކަރަންޓް ބިލަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން ކައުންސިލްތަކުން ކަރަންޓަށް ކުރަންޖެހޭ ހަރަދުގެ ތެރެއިން ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓް ބިލަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.
"މިހާރު ދައްކަންޖެހެނީ ގަވަމެންޓް ރޭޓު ކިޔާ ރޭޓެއްގައި. އެ ރޭޓުގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،" މިސްކިތްތަކުގެ ކަރަންޓް ބިލަށް ގެންނަ ބަދަލު ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބަދަލާއެކު ކައުންސިލްތަކުން ކޮންމެ މަހަކު ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން އެތައް މިލިއަން ރުފިޔާއެއް ފެނަކަ އާއި ސްޓެލްކޯ އަށް ގެއްލޭނެ ކަމަށާއި ފެނަކަ އަށް އެހެން އުސޫލަކުން އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އިގްތިސާދަށް ވަރުގަދަކަން އަންނަ ވަރަކަށް ކައުންސިލްތަކުން މަގުބައްތި ދިއްލަން ކުރާ ހަރަދާއި އަދި ޕާކުތަކަށް ކުރާ ހަރަދު ވެސް ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ގެންނަން ބޭނުން ވަނީ މިފަދަ ކަންކަމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.
މިސްކިތްތަކުގެ ކަރަންޓް ބިލަށް ހެޔޮ ބަދަލެއް ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ