އުރީދޫ އިން، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި އީދު ހަރަކާތުގައި ބައިވެރިވެއްޖެ “އީދު ޖަގަޑާ” ހަރަކާތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެއްޖެ އުރީދޫ ހަދިޔާ ފޮށި ޕްރޮމޯޝަންގެ ބައެއް އިނާމުތައް ހަވާލުކޮށްފި އުރީދޫ އަތޮޅުދުވުމުގައި އޭޕްރީލް މަހުގެ އެއްވ

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ގައި ބޭއްވުނު އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ނިމުނީ 20 އެޕްރީލްގައެވެ. އުރީދޫ އިން 18 އެޕްރީލް އިން ފެށިގެން 2 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މިމުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ ހޫނު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ފޯރިގަދަ މެޗު ތަކަކާއެކު ކުޅުންތެރިން މަސައްކަތް ކުރަމުންދިޔައީ ޗެމްޕިއަން ކަން ހޯދާ ފައިސާގެ އިނާމުތައް ހޯދުމަށެވެ. އަދި ހުރިހާ ބައިވެރިންގެ ކިބައިން ވެސް ނަމޫނާ ރީތި ކުޅުން ފެނިގެން ދިޔައެވެ.
އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:
އުރީދޫ ނޭޝަންގެ ގެ ފަރާތުން ރާވައިގެން ކުރިއަށް ގެންދާ މި މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. އުރީދޫއިން މަސައްކަތްކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވިގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ