މަޖިލީސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފި

މި އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަކުރި 11 މެންބަރަކަށް ވެސް ގޮނޑި ކާމިޔާބުވި އެވެ. އޭގެ ތެރެއިން ހަތް މެންބަރަކު މިހާރު ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން ފައެވެ.
އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ. 
އީސީ އިން އާންމުކުރި ނަތީޖާއިން ދައްކާ ގޮތުން މެޖޯރިޓީ ގޮނޑި ކާމިޔާބުކުރި ސަރުކާރު ކޯލިޝަނުގެ އިސް ޕާޓީ ޕީއެންސީއަށް 66 ގޮނޑިއެއް ކާމިޔާބު ކުރި އެވެ. އަދި އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑިއެއް ކާމިޔާބުކުރެވުނެވެ. އޭގެ އިތުރުން އެމްއެންޕީ އަށް ގޮނޑިއެއް، ޖުމްހޫރީ ޕާޓީއަށް ގޮނޑިއެއް އަދި އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބު ކުރެވުނެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި 11 މެންބަރަކަށް ވެސް ގޮނޑި ކާމިޔާބުވި އެވެ. އޭގެ ތެރެއިން ހަތް މެންބަރަކު މިހާރު ވަނީ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން ފައެވެ. އެއީ އިންތިހާބު ގައި ރައީސް މުއިއްޒު ތާއީދު ކުރެއްވި ކެންޑިޑޭޓުންނެވެ.މާލެ ހިމެނޭހެން ބޮޑެތި ގިނަ ދާއިރާތަކެއްގެ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީއިން ނެވެ. އިދިކޮޅު އެމްޑީޕީއިން މާލޭގެ ތިން ދާއިރާއެއް، އައްޑޫއިން ދެ ދާއިރާއެއް ކާމިޔާބުކުރި އެވެ. ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއްް ކާމިޔާބުކުރީ ޕީއެންސީއިންނެވެ. މި އިންތިހާބުގައި ޕީއެންސީ އިން ހޯދި ކާމިޔާބީއަކީ މިހާތަނަށް މަޖިލިސް އިންތިހާބެއް ގައި ޕާޓީ އަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ