އުމްރާގެ އަޅުކަމަށް ގޮސް ހުރި އިހަވަންދޫ މީހަކު ނިޔާވެއްޖެ

ނިޔާވެފައިވަނީ އުތުރުގެ އިހަވަންދޫއަށް ނިސްބަތްވާ ފިރިހެނެކެވެ. އެއީ އެ ރަށު ފެހިފަރުދާގެ، އުމުރުން 52 އަހަރުގެ އަބްދުﷲ އަލީ (އަބްދުﷲބެ) އެވެ.
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ އުތުރުގެ އިހަވަންދޫއަށް ނިސްބަތްވާ ފިރިހެނެކެވެ. އެއީ އެ ރަށު ފެހިފަރުދާގެ، އުމުރުން 52 އަހަރުގެ އަބްދުﷲ އަލީ (އަބްދުﷲބެ) އެވެ.ލައްބައެކަ ޓްއާސްގެ ހަވާލުގައި އަބްދުﷲ އުމްރާގެ އަޅުކަމަށް ސައުދީއަށް ދިޔައީ މިދިޔަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެވެ. އުމްރާގެ އަޅުކަމަށް ފަހު ފުރަން އޮތް ދުވަހު ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލް ގައި އެޑްމިޓް ކުރަން ޖެހުނެވެ. ނިޔާވީ ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަދީނާގެ އަލް-އަހްލީ ހޮސްޕިޓަލް ގައެވެ.ރޯދަ އުމްރާއަށް ގޮސް ހުރި އިތުރު ދެ ދިވެއްސަކު ވެސް މި އަހަރު ނިޔާވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ