އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ފިހާރަ އިން ސިމެންތި ޕްރޮމޯޝަނެއް

އެސްޓީއޯގެ މި ޕްރޮމޯޝަންގައި އެ ކުންފުނިން ވިއްކާ "ޕަޔަނިއާ" ބްރޭންޑް ސިމެންތީގެ އަގު ވަނީ ބޮޑު ތަނުން ހެޔޮ ކޮށްފަ އެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވާފައިވާ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ފިހާރައިން ސިމެންތީގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޔެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ "ޕަޔަނިއާ" ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް 90ރ. އަށް ލިބެ އެވެ. އާންމު އަގުގައި ނަމަ ޖީއެސްޓީ ނުހިމަނައި އެއީ 108ރ. އަށް ވިއްކާ ސިމެންތި ބަސްތާ އެކެވެ.މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުން ލިބޭ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި އަތޮޅުތަކުގެ ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމުންނަށް ވެސް ބޮޑެތި ލުއި ލިބިގެން ދާނެ އެވެ. މީގެ އިތުރުން 1500ރ. އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ