މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ފާއިތުވި ދެ މަހުވެސް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ އަންނަ ބޮޑެތި އެއާލައިންތައް ކަމަށްވާ ގަތަރު އެއާވޭސް، އެމިރޭޓްސް، ފްލައި ދުބާއީ، އިއްތިހާދު އެއާލައިންސް ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫ އެރިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް މި މަހު ރާއްޖެއަށް 122,548 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރާތްކުރީ 119,468 ފަތުރުވެރިންނެވެ. އެހެންވި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މި އަހަރު އައި ފަތުރުވެރިންގެ އަދަދު 2.6 އިންސައްތަ އިތުރެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ޖުމްލަ 923,984 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 962,242 ފަތުރުވެރިންނެވެ. މިއީ ހަތަރު އިންސައްތަ ދަށްވުމެކެވެ.
ފަތުރުވެރިން އަންނަ މިންވަރު އިތުރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ