ޝަރުތުތަކާ އެކު ވެސް ލަމްހާ މިވަގުތު ބަންދުން ދުލެއް ނުކުރެވޭނެ: ގާޒީ

އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާއަށް ބަންދުގެ ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މޭރީގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ލަމްހާ އާއި މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ.
ލަމްހާ 100 ދުވަހަށް ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އޭނާގެ ވަކީލުން އެދިފައިވީ ނަމަވެސް, ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރި ނިންމި ސަބަބު އަދިވެސް ވުޖޫދުގައި އޮތުމުން އޭނާ ދޫނުކުރެވޭނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވި އެވެ.
މި މަރުގެ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި މިހާރު ގެންދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ވެސް ހަތަރު މީހެއްގެ ހެކިބަސް ނެގުނުއިރު، އެއީ އައިޖީއެމްއެޗްގައި އޭރު އަދި މިހާރު ވެސް ވަޒީފާ އަދާކުރަމުން އަންނަ ބައެއް މީހުންނެވެ.
މޭރީ މަރާލީ މާވިން ކަމާއި، މަރާލުމުގައި ލަމްހާ ބައިވެރިވި ކަމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން 74 ޝަފައީ ހެކިން ހުށަހެޅުއްވި އެވެ.އަދިވެސް 50 އަށް ވުރެ ގިނަ ހެކިން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ