ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބުޗާގޭ ދޮން މަނިކު އަވަހާރަވެއްޖެ

ދިވެހި ދައުލަތަށާއި ގިނަ ހިދުމަތްތަކެއް ކުރައްވައި ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބުޗާގޭ ދޮންމަނިކު ރޭ އަވަހާރަވެއްޖެ އެވެ.
ދޮންމަނިކު އަވާރާހަވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
އިރުތިޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްޕަ އަަވަހާރަވެފައި ވަނީ އޮސްޓްރޭލިއާގެ ބިސްބްރޭންގައި އޮސްޓްރޭލިއާ ގަޑިން ދަންވަރު 4:45 ގައި ކަމަށެވެ. ބުޗާގޭ ދޮން މަނިކު އަވަހާރަވިއިރު، އުމުރުފުޅަކީ 92 އަހަރެވެ.
އިރުތިޝާމްގެ ޓްވީޓްގައި ލިޔުއްވާފައިވާ ގޮތުގައި ބައްޕާފުޅަކީ އަބަދުވެސް އެންމެ މުހިންމީ އާއިލާ ކަމަށް ދެކެވަޑައިގެން އާއިލާގެ އުފަލަށްޓަކައި ހުރިހާ ކަމެއް ވެސް ކުރެއްވި އަދި ޚިދުމަތުގައި ތެދުވެރި ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިިއްޔާ އޮފީހުގެ ލިޔުންތަކުން ދައްކާ ގޮތުން އާދަމް މޫސާ ވަނީ 43 އަހަރާއި 6 މަހާއި 3 ދުވަހު ސަރުކާރުގެ ހިދުމަތް ކުރައްވާފައެވެ.  ދޮންމަނިކު ގިނަ ބަޔަކަށް އެނގެނީ ކުރީގެ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރުބޯޑުގެ ޗެއާމަންގެ ގޮތުގަ އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ