ފ. ނިލަންދޫއިން އިން ދުވާލަކު ދެއިރު، ކަރަންޓު ކެނޑޭތާ ދެމަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
އެރަށު ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ރަށުގައި ކަރަންޓު ކެނޑެމުންދާތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އާންމުކޮށް ދުވާލަކު ދެއިރު، ދެގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭ ކަމަށެވެ.
ނިލަންދޫގަ ހަތަރު ޖެނެރޭޓަރު ސެޓު ހުންނައިރު އޭގެ ތެރެއިން މަސައްކަތް ކުރަނީ އެންމެ ޖެނެރޭޓަރެއް ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ރޯދަމަސް ފެށުމުގެ ކުރިން ކަރަންޓުގެ މައްސަލަ ހައްލުކުރާނެ ކަމަށް ފެނަކައިން ބުނި ނަމަވެސް އަދި މިހާތަނަށް އެމައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ.
އެމައްސަލަ ހައްލު ކުރުމަށް އެރަށުގެ މުޅި ސިސްޓަމް އަޕްގްރޭޑްކުރަން ޖެހޭކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ނިލަންދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. އެގޮތުން ގެންގުޅޭ ކަރަންޓް ސާމާނު ހަލާކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށް ބުންޏެވެ.
ނިލަންދޫގެ ކަރަންޓުގެ އިތުރުން ނަރުދަމާގެ މައްސަލަ ޖެހި، ރަށުތެރޭގައި ނަޖިސް އުފެދޭ މައްސަލަ އަކީ ވެސް ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ތަކުލީފެކެވެ.
ނިލަންދޫގެ ކަރަންޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ.
ނިލަންދޫ އިން ދުވާލަކު ދެއިރު، ކަރަންޓު ކެނޑޭތާ ދެމަސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ