މާލޭގެ ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ރޭ މެންދަމު 1:27 ހާއިރު ލިބިފައިވާ ކަމަށެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނުނީ ގ. ބައުޓީ ވިލާ، އުމުރުން 45 އަހަރުގެ ދާއޫދު ޖިމްރީޒް އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މާލޭގެ ގަލޮޅު ގެއަކުން ނިޔާވެފައި އޮތް މީހަކު އިއްޔެ ވެސް ވަނީ ފެނިފައެވެ. އެއީ އުމުރުން 35 އަހަރުގެ ގ. ފޮރެސް ލައިޓް އަލީ ރަޝީދު އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ