ކުރިއަށް އޮތް ހަތަރު ދުވަހު މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ބައިވާރުވެ ކަނޑުތައްވެސް ގަދަވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް ބުންޏެވެ.
އެހެންކަމުން މެޓް އޮފީހުން ވަނީ، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެއްޖެ، ކުރިއަށް އޮތް 4 ދުވަހު މޫސުން ވަރަށް ގޯސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ