ޝަރީފް އެފްއޭއެމްއަށް: ބިލް ދެއްކީމަ ކަރަންޓު ދެވޭނެ
އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން ކަރަންޓު ކަނޑައިލުމާ ގުޅިގެން ބަޔާންތައް ނެރޭނެ ކަމެއް ނެތް ކަމަށާއި ބިލްތައް ދެއްކީމަ ކަރަންޓް ދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.އެފްއޭއެމް ހިންގާ އޮފީސް އިމާރާތުން އިއްޔެ ކަރަންޓު ކަނޑާލީ ސްޓެލްކޯ އިން ބުނި ގޮތުގައި އެ އެސޯސިއޭޝަނުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށެވެ. އެ ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓްގެ ހިދުމަތް މެދުކަނޑައިލާނެ ކަމުގެ އިންޒާރު ވެސް ސްޓެލްކޯ އިން ދިނެވެ.އެކަމާ ގުޅިގެން އިއްޔެ އެފްއޭއެމް އިން ބުނީ އެފްއޭއެމް ހައުސްގެ ބޭނުން ކޮވިޑުގެ ތެރޭގައި ސަަރުކާރުން ވެސް ހިފި ކަމަށާއި އަދި މިހާރު ވެސް ސްކައުޓް އެސޯސިއޭޝަން އެތަނުގައި ހިންގާ ކަމަށެވެ. އެހެންވެ އެފްއޭއެމް އިން ޒިންމާވާން ނުޖެހޭ ފައިސާތަކެއް ވެސް ހިމެނޭ މައްސަލައެއްގައި އެފްއޭއޭއެމްގެ އޮފީސް ހިންގާ ބައިން ކަރަންޓު ކަނޑާލުމަކީ ސްޓެލްކޯގެ އިހުލާސްތެރިކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.އިތުރަށް ކިޔާލަން: ކަރަންޓު ކަނޑައިލީ ސްޓެލްކޯގެ އިހުމާލުން: އެފްއޭއެމްވ. އަދި ކ. އަތޮޅަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ތަނަކުން ކަރަންޓު ކަނޑާލަނީ އިހުލާސްތެރި ނިޔަތެއް ނެތިގެނެއް ނޫން ކަމަށެވެ."އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާ ދައްކަން އޮތީމާ އަޅުގަނޑުމެން ކަރަންޓު ކަނޑާލީ އިހުލާސްތެރި ނިޔަތެއް ނެތިއެއް ނޫނޭ ނުބުނެވޭނެ" ޝަރީފް ވިދާޅުވި އެވެ.އެފައިސާ ނުލިބޭނަމަ، ފައިސާ ހޯދާނީ ކޮންތާކުންތޯ ސުވާލުކުރައްވައި ދައުލަތުން އެހުރިހާ ފައިސާއެއް ކުންފުންޏަށް ފޯރުކޮށްނުދެވޭނެކަމަށް ވިދާޅުވިއެވެ.އެފްއޭއެމްއިން ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ އޮތުމުން އެފްއޭއެމްގެ އިދާރާއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައެވެ. އެއީ ސްޓެލްކޯގެ އިހްލާސްތެރި ނިޔަތެއް އޮވެގެން ކުރިކަމެއް ނޫންކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފް ވަނީ އެހާ ބޮޑު އަދަދެއް ދައްކަންޖެހެންދެން ބިލު ނުދައްކާ އޮތީ ކޮން ނިޔަތެއް އޮވެގެންތޯ ސުވާލުކުރައްވާފައެވެ.ޝަރީފްގެ ވާހަކައިގައި، އެއްވެސް ފަރާތަކުން ކަރަންޓް ބިލުތައް ނުދައްކައި ހުރެއްޖެ ނަމަ އެކަމުގެ ތަކުލީފުތައް ސްޓެލްކޯއަށް ކުރިމަތިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ކަރަންޓް ބިލުތައް ގަވާއިދުން ދެއްކުމަށް އެދެނީ އެ ސަބަބަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ."ބަޔާންތައް ނުނެރޭ! އަޅުގަނޑުމެންވެސް ބޭނުމެއްނޫން ބަޔާން ނެރޭކަށް. ދައްކަން ޖެހޭ ބިލްތައް ހަލާސް ކުރޭ. އަޅުގަނޑުމެން ކަރަންޓު ދޭނަން،" ޝަރީފް ވިދާޅުވި އެވެ.އެފްއޭއެމް އިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްވެސް ކަރަންޓް ބިލެއްގެ ފައިސާ ނުދައްކާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.ސްޓެލްކޯ އަށް މިހާރު ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާއަކީ ޖޫރިމަނާ އެކު އެ މުއްދަތުގެ ކަރަންޓު ބިލުތަކަށް އަރާ ޖުމުލަ އަދަދެވެ.ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ކަރަންޓް ބިލް ނުދައްކާ މައްސަލަ ވަރަށް ބޮޑު ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ. އެ ކުންފުނިން މި މަހު ކުރީކޮޅު ބުނި ގޮތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކަައި އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ