ސިއްހީ ބޭނުންތަކަށް ޗުއްޓީއަށް އެދޭއިރު، ސަރުކާރު މުވައްޒަފުން ސީދާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް އެކަމަށް އެދި ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިވިލް ސާވިސް ގަވާއިދުގެ ދަށުން ލިބިދެވޭ 'ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީ'އަށް މުވައްޒަފުން އެދޭ ހާލަތުގައި، މީގެ ކުރިން އޮންނަ ގޮތަކީ އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ސީއެސްސީއަށް ހުށަހަޅާގޮތަށެވެ.
ތަފްސީލް - ސީއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެގޮތަށް އޮންނާތީ ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާ ކަމަށެވެ. އެެހެންވެ، އެ ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ހާއްސަ ސިއްހީ ބޭނުންތަކަށް މުވައްޒަފުން ޗުއްޓީއަށް އެދޭ ހާލަތުގައި މުވައްޒަފުގެ ފަރާތުން ސީދާ ސީއެސްސީއަށް ހުށަހަޅާގޮތަށް ބަދަލުކޮށްފައިވާ ކަމަށް ބުންޏެެވެ.
އެގޮތުން، ދެން މި ޗުއްޓީއަށް ހުށަހަޅަންޖެހޭނީ:
އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި އެ މުވައްޒަފެއް ސީއެސްސީއަށް
ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސްކުރިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާ އެކު އެ ޗުއްޓީއަށް އެދޭ ފޯމު މެދުވެރިކޮށް ހުށަހަޅަންވާނެ
ސިއްހީ ބޭނުންތަކަށް ޗުއްޓީއަށް އެދެން ސީދާ މުވައްޒަފުން ސީއެސްސީއަށް ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ