މާލޭ ގަލޮޅު ހަލަވެލި ގޯޅީގައި އަންހެނަކަށް ހަމަލާދިން މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. ޝާރާޒް، އަލީ އިމްރާން ވަހީދު ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
ރޭ ހަލަވެލި ގޯޅި ތެރޭގައި ހިނގި އެ މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިރިހެނަކު ވަނީ އަންހެނެއްގެ މޫނު މަތީގައި އަތުން ތަކުރާރުކޮށް ޖަހައި މާރާމާރީ ހިންގައިފަ އެވެ.
ވީޑިއޯ ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ފިރިހެން މީހާ ހައްޔަރުކޮށް އިންސާފު ގާއިމުކުރަން ގޮވާލައިފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންނެވެ.
މާލޭ މަގުމަތީ އަންހެނެއްގެ ގައިގައި ތަޅައިގަތް ފިރިހެން މީހާ ހައްޔަރުކޮށްފި މާލޭ މަގުމަތީ އަންހެނެއްގެ ގައިގައި ތަޅައިގަތް ފިރިހެން މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ