މެރިން އެކްސްޕޯ: މޮޓޯއެކްސްއިން ވިއްކާ އައުޓްބޯޑު އިންޖީނުން ހާއްސަ ޑިސްކައުންޓެއް! މެރިން އެކްސްޕޯ: މޮޓޯއެކްސްއިން ވިއްކާ އައުޓްބޯޑު އިންޖީނުން ހާއްސަ ޑިސްކައުންޓެއް!

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ ގައި، ވިލާ ގްރޫޕުގެ ދަށުން ހިންގާ މޮޓޯ އެކްސް މޯލްޑިވްސް އިން ދުނިޔޭގެ މަޝްހޫރު ޕްރިމިއަމް ބްރޭންޑުތައް ދައްކާލައި، އެ ކުންފުނިން އަލަށް ތައާރަފުކުރި އިންޖީނުތަކުން ހާއްސަ ޑިސްކައުންޓެއް ދޭން ފަށައިފިއެވެ.
މި އެކްސްޕޯގައި މޮޓޯ އެކްސްގެ ސްޓޯލުން އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީ، ދުނިޔޭގެ މާކެޓުގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ "ޕާސަން" ބްރޭންޑުގެ އައުޓްބޯޑު އިންޖީނުތަކަށެވެ. އިތުބާރު ހިފޭ އަދި ފެންވަރު ރަނގަޅު މި އިންޖީނުތަކުގެ ތެރެއިން 115، 130 އަދި 300 ހޯސްޕަވަރުގެ މޮޑެލްތައް މިހާރު ވަނީ ބާޒާރަށް ނެރެފައެވެ.
އެކްސްޕޯގެ ތެރެއިން މި އިންޖީނުތައް ގަންނަ ފަރާތްތަކަށް 5 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މޮޓޯ އެކްސްގެ މެނޭޖަރު ވިދާޅުވި ގޮތުގައި، މި ހާއްސަ ޑިސްކައުންޓް އެކްސްޕޯ ނިމުމަށްފަހު ވެސް 14 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.
އިންޖީނުތަކުގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ފަސޭހަކަމަށްޓަކައި "ސީކީޕާ" ބްރޭންޑުގެ ޖައިރޯ ވެސް މި ސްޓޯލުގައި އެބަ ހުއްޓެވެ. މިއީ ލޯންޗު ފަހަރު ދުއްވާފައި ދާއިރު ރާޅާ ޖެހުމުން އަންނަ ލޮޅުންތަކާއި، ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވާ ރޯލުކުރުންތައް މައިތިރިކޮށްދޭ، ދަތުރުވެރިންނަށް އަރާމު ދަތުރެއް ކަށަވަރުކޮށްދޭ އުފެއްދުމެކެވެ.
މީގެ އިތުރުން، އިންޖީނުގެ ރައްކާތެރިކަމަށް ހާއްސަ، އަގުހެޔޮ އަދި އިތުބާރު ހިފޭ "ޝެލް" ބްރޭންޑުގެ އެކި ބާވަތްތަކުގެ އަޑީތެޔޮ ވެސް މި ސްޓޯލުން ލިބެން ހުންނާނެއެވެ.
މިއަދު ހަވީރު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް މި އެކްސްޕޯ އާންމުންނަށް ހުޅުވިފައި ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ