މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާއިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި ނިންމުމަކީ މަސްވެރިންނަށް ތެލުގެ އަގު ހެޔޮކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހަމަޖެހިފައެވެ.
އެ ރަށްތަކަކީ:
މީގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް އިގްތިސާދީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި ލުޔަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ފިޔަވަޅެކެވެ.
މާދަމާއިން ފެށިގެން މަސްވެރިކަން ކުރާ ދޯނިފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ