އާ ޓާމިނަލުން 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި މޫސުމާ ބެހޭ އިދާރާގެ އިމާރާތެއް ގަން އެއަރޕޯޓުގައި ތަރައްޤީކުރަން ވެމްކޯއަށް ޕީއެންސީގެ ޕްރައިމަރީ އަށް 304 ކެންޑިޑޭޓުން ރައީސް މުއިއްޒު، ޓެކްސީ ޑްރައިވަރސް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފި މަގުބޫލު ލި

ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިގުތިސާދު ތަރައްގީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ރާއްޖޭގެ ތަރައްގީގައި އަދި ޒުވާނުންގެ ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އިގުތިސާދު ތަރައްޤީކުރުމާއި އިގުތިސާދު ސިންދަފާތުކުރުމަކީ ޒުވާނުންނަށް ފުރުސަތު ފަހިވެގެންދާނެ މަގުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮންނަ ތިން ދާއިރާކަމަށްވާ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ކޮންސްޓްރަކްޝަންގެ އިތުރުން ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ހާމަކުރެއްވިއެވެ. އަދި މި ދާއިރާގެ ތަރައްގީއަށް ވަރަށް މުހިންމު ލަނޑުދަނޑިއެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށާއި އެގޮތުން ޑިޖިޓަލް އިކޮނޮމީއަކީ 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ޖީ.ޑީ.ޕީއަށް 15 އިންސައްތަ ހިއްސާކުރާ ދާއިރާއެއްގެ ގޮތުގައި ފުޅާކުރުމަކީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށްބޮޑު ފުރުސަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ވަރަށް ކްރިއޭޓިވް ކުދިން އެބަތިބި ކަމަށާއި ޑިޖިޓަލް ދާއިރާގައި ކުރިއަރައިދާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިކޮށްދެއްވަން ބޭނުންފުޅުވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ދާއިރާއިން 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްގެންދަން ވަރަށް ގިނަ ކަންތައްތައް ރޭވިފައިވާކަމުގައެވެ. އަދި ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެ މުހިންމު މަޢުޟޫޢަކަށް ވެގެންދާނެކަމަކީ މޯލްޑިވްސް 2.0 ގެ ނަމުގައި ސަރުކާރުން ފެށި ޤައުމީ ޕްރޮގްރާމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ މި ޕްރޮގްރާމުގައި އިސްނަގައިގެން ޒުވާނުންގެ ބައިވެރިވުން ދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި، މޯލްޑިވްސް 2.0 އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގިނަގުނަ އުންމީދީ ބަދަލުތަކެއް ގެނުވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދައުރަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށިގެން އަންނައިރު މޯލްޑިވްސް 2.0 އާއިގުޅޭ ބިލްތައް ހުށައަޅުއްވައިގެން ޤާނޫނީ ބާރުވެރިކަން ދެއްވާނެކަން ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އެޖެންސީތަކެއްގެ ތެރޭގައި ހުރި ހުރިހާ މަޢުލޫމާތެއް ގުޅޭ އެއް ވިއުގައެއް އުފެދިގެންދާނެކަމަށާއި އެގޮތުން މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ވިއުގައިގެ ތެރެއިން މަޢުލޫމާތު ނަގައިގެން ޚިދުމަތް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށްދާއިރު ކޮންމެ ދިވެއްސެއްގެ އަތުގައި އޮންނަ ފިޒިކަލް އައިޑީ ކާޑަކީ ޑިޖިޓަލް އައިޑީ ކާޑަކަށް ވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ
އެގޮތުން ނެޝަނަލް އައިޑީ ކާޑު ބަދަލުވެގެންދާނީ ހުރިހާ ހިދުމަތްތަކަށް ވާސިލުވެވޭ، ނެޝަނަލް ޑިޖިޓަލް އައިޑީ ކާޑަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް 2.0 އާއެކު އިރާދަކުރެއްވިއްޔާ ދާއިމީގޮތެއްގައި ރާއްޖޭގެ ލޭންޑްސްކޭޕް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ހިންގުމުގެ ނިޒާމާއި ސާރވިސް އިންޑަސްޓްރީ، އެއްކޮށް ހައްލުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ އެންމެން މި ނިޒާމަށް އަހުލުވެރި ކުރުމަށްޓަކައި، ޒުވާނުންގެ ވަރަށް ބޮޑު ބައިވެރިވުމެއް ބޭނުންވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޒުވާނުންގެ މުހުތާދުތައް ފުއްދަވައިދެއްވުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތްތަކުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލް މައުލޫމާތު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި ޒުވާނުން ހިއްސާކުރެއްވި އެންމެހާ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ސަރުކާރުން އީޖާބީގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމުގައި ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ގެނެސްދެވެންހުރި އެންމެ ރަނގަޅު ޙައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ