ކަރަންޓު ބިލު ބޮޑު ކުރިޔަސް ނެތް ފައިސާއެއް ނުދެއްކޭނެ - އާދަމް ޝަރީފް

މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19އިގެ ނިކަމެތިކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ކަރަންޓި ބިލު ބޮޑު ކުރިޔަސް ރައްޔިތުން އަތުގައި ނެތް ފައިސާއެއް ނުދެއްކޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ މާލެ ސަރަހައްދުގެ ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެގެން ދިއުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19އިގެ ސަބަބުން ރައްޔިތުންނަށް ލިބުނު ނިކަމެތިކަމުން އަރައި ނުގަވެނީސް ކަރަންޓު ބިލް ބޮޑު ކުރިޔަސް ނެތް ފައިސާއެއް ރައްޔިތުންނަސް ނުދެއްކޭނެ ކަމަށެވެ. އަދި އިގްތިޞާދު ހަމަޔަކަށް އެޅެންދެން ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒް ކުރަން ގޮވާލައްވާ ކަމަށާއި، އާމްދަނީ ލިބޭނެ ގޮތެއް އަދި ނެތް ކަމަށް އާދަމް ޝަރީފްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގެ މިދިޔަ މަހުގެ ކަރަންޓު ބިލްތައް ކޮވިޑް-19 އާއި ގުޅިގެން ބޮޑު ޑިސްކައުންޓެއް ދިނުމުގެ ކުރިން މަސްމަހުގެ ބިލްތަކާއި އަޅައި ބަލާއިރު ވެސް އެތައް ގުނައެެއް ވަނީ ބޮޑުވެފައި ކަމަށް ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
މިހާރު ކަރަންޓު ބިލު ބޮޑުވި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވެވި ސިޓީގައި ވަނީ، އޭނާ ނިސްބަތްވާ ދާއރާގެ ރައްޔިތުން މިމަހުގެ ކަރަންޓު ބިލު އެހެން މަސްމަހާ އަޅައި ބަލާއިރު ހަތަރު ގުނައާއި ހަމަޔަށް ބޮޑުވެފައިވާ ކަމަށް ޝަކުވާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އިން ވިދާޅުވެފައި ވަނީ ކުއްލިއަކަށް ކަރަންޓު ބިލުތައް ބޮޑުވެގެން ގޮސްފައި ވަނީ ފުރަބަންދުގައި ދިން ޑިސްކައުންޓު ކަނޑާލުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ