ހދ.ނެއްލައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ހދ.ނެއްލައިދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސިން ފަށައި މަސައްކަތުގެ ބައެއް ފުރިހަމަކޮށްފައިވާ ކަމުގައި އެކުންފުނިން ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނެފައިވަނީ ހދ.ނެއްލައިދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް މިހާރު ނިންމާފައިވާ ކަމުގައެވެ. އަދި މިހާރު ކުރިއަށް ގެންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމުގައާއި އެމަސައްކަތުގެ ތެރެއިން 40% ފުރިހަމަކޮށްފައިވާ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މިމަޝްރޫޢުގެ ޖުމްލަ އަގަކީ 47,623,290.28 (ސާޅީސް ހަތް މިލިއަން ހަ ލައްކަ 23 ހާސް 290 ރުފިޔާއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގައިކަމަށްވެސް އެމްޓީސީސިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ