އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތި ލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް މީގެކުރިން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ ރައީސް އޮފީހުން ވަނީ އިއުލާން ބާތިލުކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވަނީ އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް މި މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް ފުރުސަތު އޮންނާނެ ކަމަށް ބުނެފައެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާ ފޯމާއި، އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފު ކުރަން ޖެހޭ ފޯމު ރައީސްލުލް ޖުމްހޫރިއްޔާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ އެވެ.
އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ގ. އަތަ ޔޫސުފް މާނިއު މުހަންމަދު އެކޮމިޝަނުގެ ރައީސް ކަމުންނާއި އެކޮމިޝަނުގެ މެމްބަރުކަމުން ވަކި ކުރުމުން މެމްބަރުކަމުގެ މަގާމެއް ހުސްވެފައި އޮތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ