ފެނަކައިން ހިތަދޫ ގެއަކަށް ބައި މިލިއަން ރުފިޔާގެ ކަރަންޓު ބިލެއް ފޮނުވައިފި

އައްޑޫ ސިޓީ ހިތަދޫ ގެއަކަށް ފެނަކަ ކޯޕަރޭޝަނުން ބައި މިލިއަން ރުފިޔާގެ ކަރަންޓު ބިލެއް ފޮނުވައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން ފޮނުވާފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 އިން ފެށިގެން 2018 ގެ ޖެނުއަރީ 26ގެ ނިޔަލަށް އެ ގެއިން ބޭނުންކުރި ކަރަންޓަށް ޗާޖްކޮށްފައިވާ ބިލެކެވެ.
ބިލްގެ ޖުމްލަ އަދަދު 495،111.42 (ހަތަރު ލައްކަ ނުވަދިހަ ފަސްހާސް ސަތޭކަ އެގާރަ ރުފިޔާ ސާޅީސް ދެ ލާރި) އަރައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި ގޭ ބިސީތަކުގެ ކަރަންޓު ބިލަށް އަރާ ވަރަށް ބަލާއިރު 14 ވަރަކަށް އަހަރު ދުވަހުގެ ކަރަންޓު ބިލަށް އަރާނެ މިންވަރެވެ.
ހިތަދޫގެ ގޭ ބިސީތަކުގެ ކަރަންޓު ބިލްތައް އުޅެނީ އެވްރެޖް ގޮތެއްގައި 4000 ރުފިޔާ އާއި 3000 ރުފިޔާ އާއި ދެމެދުގައެވެ.
ފެނަކައިން ވަނީ ފާއިތުވި ޑިސެމްބަރު މަހު ހިތަދޫގައި 4 މީހުން ދިރިއުޅެމުންދާ ގެއަކަށް 23 ހާސް ރުފިޔާ އަށް ވުރެ ބޮޑު ފެން ބިލެއް ވެސް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ