ސުޕްރީމް ކޯޓުގެ އަމުރަށް ވާހަކަދައްކަން ވަގުތު ލިބެންޖެހޭނެ: ރައީސް

ސުޕްރީމް ކޯޓުގެ އަމުރާ މެދު ވާހަކަދައްކަން ރައީސަށާއި ދައުލަތަށް ވަގުތު ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވާ ވަރުގަދަ އަމުރަށްފަހު ސަރުކާރަށް ވަރަށް ބޮޑު ހުއްޓުމެއް އައިސްފައިވާ ވަގުތެއްގައި ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ކުރީގެ ވެސްޓްޕާކް ހިމެނޭ ސަރަހައްދުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ސަރުކާރު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކީ ކުރިން އެއްގޮތަކަށްވެސް ނެރެފާނެ ކަމަށް ގަބޫލުކުރެވުނު އަމުރެއް ނޫން ކަމަށެވެ. ރައީސްގެ ވާހަކަފުޅަށް ބަލާއިރު ސުޕްރީމް ކޯޓުގެ އަމުރަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކުއްލި ސިހުމެކެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ