މޫސުން ގޯސްވުމުގެ ސަބަބުން ފެރީގެ ދަތުރުތައް ލަސްވެދާނެ: އެމްޓީސީސީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެރީ ދަތުރުތައް ލަސްވެދާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ވިއްސާރައިގެ ސަބަބުން ފެރީ ދަތުރުތައް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދިމާވާ ދަތިތަކަށް ކެތްތެރިވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރަށް އެމްޓީސީސީން ވަނީ އަތޮޅު ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ 20 ދަތުރު ކެންސަލް ކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.  
މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް ކުރާ މިންވަރު އިތުރުކަމަށާއި، ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ