މިސަރުކާރުން ރާއްޖޭގައި ހިންގަމުންދާ ޖަރީމާތަކާއި އަނިޔާވެރިކަން ހުއްޓުވުމަށް ހުރިހާ ރައްޔިތުން ކެރިގެން ނިކުތުމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
ދ. ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، އިއްތިހާދުން ގުޅިގެން ނިކުތީ ދިވެހިން މިއަނިޔާވެރިކަމުން ސަލާމަތް ކުރުމަށް ކަމަށެވެ. ފައިސަލް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ވަޢުދުވެ ޚާއްސަކޮށް ވޯޓާއި ދިމާކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގިނަ ކަންކަން ކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.
ނަމަވެސް އިއްތިހާދުން ރައްޔިތުންނާއި ބައްދަލުކުރާނީ އެއްވެސް ހާލެއްގައި ރައްޔިތުންނަށް އޮޅުވާލަން ނޫންކަމަށާއި، އިއްތިހާދުވެރިކަމެއްގައި ބަޖެޓްގައި ހިމަނައިގެން ގިނަކަންކަން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތުން އެއްވެސް ރަށެއް ބާކީ ނުކޮށް، ހުރިހާ ރަށަކުންވެސް ރައްޔިތުންނަށް ޚިދުމަތްތައް ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެކަންކަން އެގޮތަށް ކުރެވޭނެ މަގުފަހިކޮށްދިނުމަށް ރައްޔިތުންނަށް ލިބިގެންދާ އެންމެ ރަނގަޅު ފުރުސަތަކީ ސެޕްޓެމްބަރ 23 ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވައުދުވަން ﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގަ ހިނގާނީ އަޅުގަނޑުމެންގެ ކޯލިޝަން ސަރުކާރެއްގަ ރައްޔިތުންގެ ވެރިކަމެއް. " ފައިސަލް ވިދާޅުވި އެވެ.
ދ. ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދޭނެ ކަމަށެވެ. އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް އާއި ގުޅޭގޮތުން ޝިހާބު ވިދާޅުވީ، އެބޭފުޅުން ރާއްޖެ ރަނގަޅު މިސްރާބަކަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.
އަނިޔާވެރިކަން ނިންމަން ރައްޔިތުން ކެރިގެން ނިކުތުމަށް ފައިސަލް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ