ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމު ސްޕްރީމު ކޯޓަށް ހާޒިރުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮޑިޓަރ ޖެނެރަލް ސްޕްރީމު ކޯޓަށް ހާޒިރުކޮށްފައިވަނީ މިދިޔަ މަހުއެވެ.
އޮޑިޓަރ ޖެނެރަލް ސްޕްރީމު ކޯޓަށް ހާޒިރުކުރިކަން އޮޑިޓް އޮފީހުން ސީއެންއެމަށް ކަށަވަރުކޮށްދެއެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން އޮޑިޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ހާޒިރުކޮށް ޝަރުއީ ދާއިރާގެ އޮޑިޓް ރިޕޯޓާއި ބެހޭ ގޮތުން ސްޕްރީމު ކޯޓުގެ ފަނޑިޔާރުން ސުވާލުކޮށްފައިވާ ކަމަށެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެއިދާރާގެ މާލީ ބަޔާން ތައްޔާރުކޮށްފައިވަނީ މާލިއްޔަތު ގާނޫނާ ހިލާފަށެވެ.
އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފޯނު ބިލްތައް ދައުލަތުގެ ހަރަދުގައި ދައްކާފައިވާތީ އެފައިސާ އަނބުރާ ހޯދުމަށް ވެސް އަންގާފައިވެއެވެ. މީގެ އިތުރުން ވެސް ސްޕްރީމު ކޯޓާ ގުޅުން ހުރި ގިނަ މައްސަލަތަކެއް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޝަރުއީ ދާއިރާގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އޮޑިޓަރ ޖެނެރަލް ސްޕްރީމު ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ