މައި ކޮލެޖުގެ ރެކްޓަރަކަށް ޑރ. އާމާލް ހަމަޖައްސައިފި

މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް)ގެ ރެކްޓާ އަކަށް ކުރީގެ ޖެންޑަ މިނިސްޓަރު ޑރ. އަމާލް އަލީ ހަމަޖައްސައިފި އެވެ. މައި ކޮލެޖަކީ ކުރީގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އައިއައިޕީޑީ) އެވެ. އެތަނުގެ ނަން ބަދަލުކުރީ ހަޔަ އެޑިއުކޭޝަނުން ކޮލެޖެއްގެ ދަރަޖަ ދިނުމާ ގުޅިގެންނެވެ. މައި ކޮލެޖުން ބުނިގޮތުގައިި އެތަނުގެ ރެކްޓާގެ ގޮތުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން އާމާލް ވަނީ ހިދުމަތް ފައްޓަވައިފަ އެވެ. އޭނާ އަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާމާލް ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ އިތުރުން އަމީނިއްޔާ އާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމް ވެސް ފުރުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ