އެމެރިކާގެ ރިޔާސީ އިންތިހާބު 2020: ޓްރަމްޕް ސުޕްރީމް ކޯޓަށް
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވަން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.ވައިޓް ހައުސްގައި ހުންނަވައިގެން ދެންމެ ޓްރަމްޕް ދެއްވި ބަޔާނެއްގައި އޭނާ ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭނާ މިހާރު ކުރި ހޯއްދަވާފައިވާ ސްޓޭޓުތަކުގެ ތެރޭގައި ފްލޮރިޑާ، އޮހަޔޯ، ޓެކްސަސް، ޖޯޖިއާ، ނޯތު ކެރޮލައިނާ، މިޝިގަން ހިމެނޭ ކަަމަށް ވިދާޅުވެފަ އެވެ. އަދި 20 އިލެކްޓަރުން ތިބޭ މުހިއްމު ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާގައިވެސް ކުރީގައި އުޅުއްވަނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.ނަމަވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ބޮޑު ތަފާތަކުން ކުރި ހޯއްދަވަމުން ގެންދަވަނިކޮށް ކުއްލިއަކަށް "ހުރިހާ ކަމެއްވެސް ހުއްޓުމަކަށް އައިތަން" ދެކިވަޑައިގެންނެވި އެވެ. އަދި އޭނާ އިންތިހާބުން ކުރި ހޯއްދަވާތީ ޑިމޮކްރެޓިކް ޕާޓީން ކޯޓަށް ދާން ބޭނުންވާ ކަމަށާއި އެހެންކަމުން ރިޕަބްލިކަން ޕާޓީގެ މިހާރުގެ އަމާޒަކީ އިންތިހާބުގެ ނަޒާހާތްތެރިކަން ދެމެހެއްޓުން ކަމަށް ވިދާޅުވެފަ އެވެ.އިންތިޚާބުގެ ނަތީޖާ ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ވޯޓު ވަރަށް ހަމަހަމަކޮށް އަދި މިހާތަނަށް ދައްކާފައިވާ އިރު ޓްރަމްޕް ވިދާޅުވީ ސުޕްރީމް ކޯޓަށް ވަޑައިގެން ވޯޓު ގުނުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ.މިހާތަނަށް އަށް ސްޓޭޓުގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފައި ނުވާ އިރު ބައިޑަން އުޅުއްވަނީ 237 އިލެކްޓޯރަލް ކޮލެޖް ވޯޓުން ކުރީގަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު އިންތިހާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓެއް ސީދާ އެނގެން އަދި ދުވަސްތަކެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ