ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް މިރޭ ބޭއްވުމަށް ތާވަލްކުރުމަށްފަހު ކެންސަލްކޮށްފިއެވެ.
އަބްދުﷲ ރިޔާޒުގެ ޝަރީއަތުގެ މިރޭގެ އަޑުއެެހުން ބޭއްވުމަށް ތާވަލްކުރީ 8 ޖަހާއިރަށެވެ. މިރޭ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ނިންމައި ކޯޓް އަަމުރު ހަވާލްކޮށްފައިވަނިކޮށް މިހާރު ވަނީ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފައިވާކަން ރިޔާޒަށް އަންގާފައެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުއްވި ކަމުގެ ދައުވާ އެވެ. މިދައުވާ އުފުލާފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައިނުވާތީ ކަމަށް ބުނެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހެއްގައި ރިޔާޒު މިހާރު ވަނީ އޭނާގެ މޯބައިލް ފޯންގެ ޕިން ކޯޑް ފުލުހުންނަށް ދީފަ އެވެ.
މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ކުރިއަށް ރިޔާޒުގެ ފަރާތުން ދިފާއީ ހެކިން ހުށައެޅުމެވެ.
އެގޮތުން ރިޔާޒުގެ ފަރަތުން ދިފާއީ ހެކިންގެ ގޮތުގައި ޝަރީއަތައް ހުށައަޅާފައިވަނީ އާންމު ފަރާތަކާ ފުލުހުންގެ އޮފިސަރެކެވެ. ފުލުހުންގެ އޮފިސަރު ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ ރިޔާޒުގެ މައްޗަށް ނެގި ބަޔާންތަކުގައި އެ އޮފިސަރުގެ ނަން އޮތުމުންނާއި އަދި އެމައްސަލާގައި ކަންހިންގާދިޔަ ގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އެއީ ކަމަށް ވާތީ ކަމަށް ރިޔާޒުގެ ގާނޫނީ ޓީމުން ބުނެފައިވެ އެވެ. އެހެންނަމަވެސް ފުލުހުންގެ އޮފިސަރު ވަނީ ހެކިބަސް ދިނުމަށް އުޒުރު ވެރިވެފަ އެވެ.
އޭގެ އިތުރުން, މިމައްސަލާގައި ރިޔާޒުއާ ދެކޮޅަށް ހެކިބަސްދިން ބައެއް ފުލުހުންގެ ހެކިބަހުގައި ފުށުން އެރުންތަކެއް ހުއްޓެވެ.
އަބްދުﷲ ރިޔާޒްގެ މިރޭ ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ