ކުޑަހުވަދޫ ކައުންސިލުގެ ރޯދަ ހަދިޔާ- ކޮންމެ ރައްޔިތަކަށް 500 ރުފިޔާ

ދ. ކުޑަހުވަދޫގެ ކޮންމެ ރައްޔިތަކަށް 500 ރުފިޔާ ރޯދަ ހަދިޔާއެއްގެ ގޮތުގައި އެރަަށު ކައުންސިލުން ނިންމައިފިއެވެ.
އެރަށު ކައުންސިލުން ބުނީ އެރަށުގެ ކޮންމެ ރައްޔުތަކަށް 500 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރޯދަ ހަދިޔާއެއްގެ ގޮތުގައި ދޭ މި ފައިސާ ރޯދަމަސް ފެށުމުގެ ކުރިން ދޭނެކަމަށެވެ.
ޤާނޫނީ ހަމަތަކުގެމަތިން ރައްޔިތުންގެ ފަންޑުން މި ހަދިޔާ ދިނުމަށް ނިންމާފައިވާ އިރު، މިކަން ކުރުމުގެ ހުއްދަ ހޯދުމަށް ކަމާއިބެހޭ އިދާރާތަކުގެ ހުއްދައަށް އެދިފައިވާ ކަމަށްވެސް ކުޑަހުވަދޫ ކައުންސިލުން ބުންޏެވެ.
ކުޑަހުވަދޫގެ އާބާދީއަކީ ގާތްގަޑަކަށް 3500 އެވެ.
ފައިބެއަހަރެކޭ އެއްގޮތަށް ރާއްޖޭގެ ބައެއް ކައުންސިލުތަކުން މިއަހަރުވެސް އަންނަނީ އެރަށްރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު އިނާޔަތްތަކާއި ހަދިޔާތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ