އައްޑޫސީޓީގެ މޭޔަރަކަށް މިފަހަރުވެސް ކުރިމަތި ލައްވާނެ ކަމަށް އެސިޓީގެ މިހާރުގެވެސް މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވެއްޖެއެއެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ސޯބެ ވިދާޅުވީ "މިފަހަރުވެސް މޭޔަރަކަށް ކުރިމަތި ލުމުގެ ވިސްނުމުގައި މިހުރީ" ކަމަށެވެ.
ސޯބެ މޭޔަރަކަށް ކުރިމަތި ލެއްވުމަކީ އައްޑޫސިޓީގެ ކުރިއެރުމަށް އެޅޭނެ އިތުރު ފިޔަވަޅެއް ކަމަށް އައްޑޫސިޓީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ ބައެއް ކައުންސިލަރުން ވިދާޅުވިއެވެ.
"ސޯބެ އަކީ ވަރަށް ޑިޕްލޮމެޓިކޮށް މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅެއް. ކެތްތެރިކަމާ އެކު ރައްޔިތުންނާ ބައްދަލުކުރައްވައި ވަރަށް ހުޝިޔާރު ކަމާއެކު މުއާސަލާތު ކުރައްވާ ބޭފުޅެއް. މިފަހަރުވެސް ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތި ލައްވައިފިނަމަ އެމަގާމަށް ހޮވި ވަޑައިގަންނަނަވާނެ ކަމަށް ޔަގީން ކުރަން،" އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުން އެތައް ބާރެއް ހަނިކޮށްފައި ވިޔަސް ފާއިތުވި ތަކުގައި ސޯބެ ވަނީ އައްޑޫސިޓީއަށް ސިޓީ ފެންވަރުގައި އެތައް ކަމެއް ކޮށްދެއްވައިފައެވެ.
މިފަހަރުވެސް އައްޑޫސިޓީގެ މޭޔަރަކަށް އަބްދުﷲ ސާދިގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ