ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު: ނަޝީދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ މައިދާނުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ޝާހިދަށް ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފަ އެވެ. އެ ލަގަބު އޭނާއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގުވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ.
އެކަމާ ގުޅިގެން ޝާހިދަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝާހިދު ރާއްޖެއަށް ހޯއްދަވައި ދެއްވި ޝަރަފަކީ، އެމަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއް ކަމަށެވެ.
ރައީސް ނަޝީދު އެ ފާހަގަކުރެއްވި ޝަރަފަކީ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގަތުމެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި އދ.ގެ ރިޔާސަތު ބަލަހައްޓަން ރާއްޖެ ހޮވުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ