އަދީބާއި ގާސިމް އަދި އުއްޗު ކުއްލިގޮތަކަށް ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ކުއްލިގޮތަކަށް ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ދި ޓީވީ އާއި އިންވެގެން ހުންނަ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާންމުކޮށް ސިޔާސީ ބޭފުޅުންނާ މަޝްވަރާ ކުރައްވާ ތަނުގަ އެވެ. ބައްދަލުވުން ނިންމާލެއްވުމަށްފަހު ގާސިމް ނުކުމެވަޑައިގަންނަވަން އުޅުނު ވަގުތު އެ ސަރަހައްދަށް އެއްވި ބަޔަކު އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި އެވެ.
މިރޭގެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން "ސަން"އިން ގާސިމާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "މަޝްވަރާ ކުރީ މިހާރު ހިނގައިގެން އުޅޭ ކަންތައްތަކާ" ގުޅޭގޮތުން ކަމަށެވެ. ގިނަ ވާހަކަތަކެއް އުއްޗުއާއެކު ދައްކަވާފައިވާނެ ކަމަށާއި ބޮޑަށް ވާހަކަތައް ދެކެވުނީ އަމިއްލަ ކުންފުނީގެ ވިޔަފާރީގެ ކަންތައްތަކާއި ގުޅޭގޮތުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނީ އަދީބު އެތަނަށް ވަޑައިގެންނެވީ ގާސިމާ އުއްޗު ބައްދަލު ކުރައްވަމުން ދަނިކޮށް ކަމަށެވެ.
އުއްޗުގެ ގާތްބޭފުޅަކު ވިދާޅުވި ގޮތުގައި އެތިން ބޭފުޅުން މިރޭ މަޝްވަރާ ކުރެއްވީ ވިލާއިން ދައްކަން އަންގާފައިވާ ފައިސާ އާއި އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް ހުށައާފައިވާ އިސްލާހާ ގުޅޭގޮތުން ކަމަށެވެ.
ނަމަވެސް ގާސިމްގެ އަރިސްބޭފުޅުން ވިދާޅުވާ ގޮތުން އެ ބައްދަލުކުރެއްވުމަކީ ރަހުމަތްތެރިކަމުގެ ބައްދަލުވުމެއް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައީސް ނަޝީދާއި ނާޒިމްގެ އިތުރުން ބަންދުގައި ތިބި މީހުންގެ ހައްގުގައި ގާސިމް އިބްރާހިމް ބޭބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.RNasheed, Nazim dhenves bandhugai thibi meehunge haggugai JP leader konme beyfulhakaaves, konme thaneggaives badhdhalkuravvane.— Ameen Ibrahim (@ameenmaldives) March 2, 2015
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ