ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކަށް އަމާޒުކޮށްގެން ޓްރެއިނިންގ ވޯކްޝޮޕްތަކެއް ކުރިޔަށް ގެންގޮސްފި އެވެ.
މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ ބާލާ ކުުރިޔަށް ގެންދެވި މި ވޯކްޝޮޕްތަކުގެ ތެރެއިން، ރޭ ވަނީ މުޅި ތަޢުލީމީ ދާއިރާއަށް އަމާޒުކޮށްގެން ޚާއްސަ ލެކްޗަރެއް ދެއްވާފަ އެވެ.
މި ލެކްޗަރ އަޑުއެއްސެވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމްއާއި، އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މާލޭ ސްކޫލްތަކުގެ 300 އަށް ވުރެ ގިނަ މުދައްރިސުންނާއި މުވައްޒަފުން ވަނީ ރޭ ދަރުބާރުގެއަށް ވަޑައިގެންފަ އެވެ.
ޑރ ބާލާ ވަނީ މިދިޔަ ދުވަސްކޮޅުގެ ތެރޭގައިވެސް މިފަދަ ތަފާތު ވޯކްޝޮޕްތަކެއް ބާއްވާފަ އެވެ.
އެގޮތުން، ސްކޫލްތަކުގެ އިދާރީ އަދި ބަޖެޓް އޮފީސްގައި މަސައްކަތް ކުރައްވާ ސްޓާފުންނަށް، އެފަރާތްތަކުގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅެގޮތުން ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވާފައި ވެ އެވެ.
އަދި މީގެ އިތުރުން، މާލޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ސަބްޖެކްޓް ކޯޑިނޭޓަރުންނާއި، ޕްރިންސިޕަލުންނަށް ވަކިވަކިން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެއް ވެސް ބާއްވާފައި ވެ އެވެ. މި ވޯކްޝޮޕްގައި 162 މުވައްޒަފަކު ވަނީ ބައިވެރިވެފަ އެވެ.
ތަޢުލީމީ ދާއިރާގެ އެކިއެކި ފަރާތްތަކަށް ޓްރެއިނިންގ ވޯކްޝޮޕްތަކެއް ކުރިޔަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ