ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހާ ހަމަ އަށް އޮންނާނެ އެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުަތުތަކުގެ ތެރޭގައި 30 އަހަރު ވެފައި ވުމާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. އަދި ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމް ހާސިލްކުރުމަށް ފަހު، ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައިވުން ހިމެނެ އެވެ.
ސީއެސްސީން މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލާ އަލީ ހާލިދު، ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މިދިޔަ މަހު އައްޔަންކުރެއްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ