ބައްޔާ ގުޅިގެން ރާއްޖޭގައި ހުރި ގޮންޖެހުންތައް މައިމޫނާ ސާކާ ހިއްސާ ކުރައްވައިފި

ކޮވިޑް 19އާއި ގުޅިގެން ރާއްޖޭގެ ހާލަތު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)އާ ހިއްސާ ކުރައްވައިފިއެވެ.
ސާކްއިން އިސްނަގައިގެން ބޭއްވި ވީޑިއޯ ކޮންފަރެސްގައި މައިމޫނާ ވަނީ ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމުގައި މިހާރު ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.
މައިމޫނާ ވަނީ ކޮވިޑް 19ގެ ހާލަތުގައި ސާކްގެ ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން ދާތީ މިމަހުގެ 15 އިން ފެށިގެން މާލެ ސިޓީ އޮތީ ލޮކްޑައުންއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ