އަނެއްކާވެސް އިތުރު ހަ މީހަކު ޕޮޒިޓިވްވެ، މިއަދުގެ މިހާތަނަށް 12 މީހަކު ޕޮޒިޓިވްވެއްޖެ

އަނެއްކާވެސް އިތުރު ހަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެ ހަ މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގުލަދޭޝް މީހެއް ކަމަށެވެ. ނަމަވެސް ކޭސްތަކުގެ ތަފްސީލެއް ނުދެއްވައެވެ.
މި ހަ ކޭސްއާއެކު ރާއްޖެއިން މިއަދުގެ މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 12 އަށް އަރައިފައެވެ. އަދި ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 226 އަށް އަރައިފައެވެ.
މިއަދު ފެނުނު ހަ ކޭސްއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު ބަންގުލަދޭޝް މީހުންގެ އަދަދު 104 އަށް އަރާފައިވާއިރު ވެހިންގެ އަދަދު 89 އަށް އަރައިފައެވެ.
ރާއްޖެއިން ދެން ކޮވިޑް ޖެހިފައިވަނީ 13 އިންޑިއާ މީހުންނަށާއި އިޓަލީގެ 11 މީހަކަށާއި ސްރީ ލަންކާގެ އަދި ޕާކިސްތާނުގެ ދެ މީހަކަށެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން 80 އަހަރުގެ ދިވެއްސަކަށް އައިޖީއެމްއެޗްގެ ޑީއެޗް 11 ގައި ދަނީ ފަރުވާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ