މިވަގުތު ހާލަތު ހުރި ގޮތުން މޫނު ބުރުގާ ނޭޅުން ރަނގަޅު - ޑރ އިޔާޒް

އަވަށްޓެރި ލަންކާގައި މިވަގުތު ހާލަތު ހުރި ގޮތުން މޫނު ބުރުގާ ނޭޅުން ރަނގަޅު ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ބޮންތަކެއް ގޮއްވާލި ހާދިސާއާ ގުޅިގެން އެ ޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ޤައުމުގައި މޫނު ބުރުގާ އެޅުންވަނީ މަނާކޮށްފައެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ މިދިޔަ އާދިއްތަ ދުވަހު އެގައުމުގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އާއްމުންގެ ސަލާމަތީ ރައްކާތެރި ކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
މިކަމާ ގުޅިގެން ދީނީ ގޮތުން މިކަމަކީ ކޮންކަހަލަ ކަމެއްތޯ އާއްމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން އިޔާޒް ވިދާޅުވީ މިވަގުތު ހާލަތު ހުރި ގޮތުން މޫނު ބުރުގާ ނޭޅުން ރަނގަޅު ކަމަށެވެ.
މޫނު ބުރުގާ އަޅާ ވަރަށް ގިނަ ދިވެހިން ލަންކާގައި އުޅޭކަން ފާހަގަކޮށްލެވެއެވެ.
ލަންކާއަށް ދިން ނިރުބަވެރި ހާދިސާތަކާ ގުޅިގެން އެގައުމުގެ އާންމު ހާލަތު އަދިވެސް ރަނގަޅުވެފައި ނުވާ \އިރު، އެ ހަމަލާތަކުގެ ޒިންމާ ނެގީ އައިސިސް ޖަމާއަތުންނެވެ. އަދި ހަމަލާތައް ދިނުމުގައި އަންހެނަކުވެސް ޝާމިލުވެފައިވާ އިރު، ގައުމީ ސަލާމަތަށް މޫނު ބުރުގާ ނޭޅުމަށް ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ